ދިވެހިރާއްޖެ
ނަރުހުންގެ މަޤާމަށް ދިވެހިން ހޯދުމާއި ގުޅޭ
މިއީ މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކުގައި މަސައްކަތްކުރައްވާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ކުރެވިފައިވާ ޢިޢުލާނެކެވެ.
|
ރެޖިސްޓާރޑް ނާރސް / ސީނިއަރ ރެޖިސްޓާރޑް ނާރސް |
މަޤާމް: |
|
2 |
ބޭނުންވާ ޢަދަދު: |
|
ޅ. އަތޮޅު ހޮސްޕިޓަލް / ޅ.ނައިފަރު |
މަޤާމް އޮތް އޮފީސް: |
|
ޅ. އަތޮޅު ހޮސްޕިތަލް / ޅ.ނައިފަރު |
ވަޒީފާއަދާކުރަންޖެހޭތަން: |
|
J-396399, J-385758 |
ޖޮބް ނަމްބަރ: |
|
ދާއިމީ |
މަޤާމުގެ ގިންތި: |
|
ނާރސިންގ ޕްރޮފެޝަނަލް |
މަޤާމުގެ ކްލެސިފިކޭޝަން: |
|
ނާރސިންގ ސާރވިސް |
ސެކްޝަން / ޔުނިޓް |
|
ރެޖިސްޓާރޑް ނާރސް |
މަޤާމު |
|
PSR5-Step 1 |
ޕަބްލިކް ސަރވިސް ރޭންކް |
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލްކުރާ ނަރސިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ތަޢްލީމީ ފެންވަރު |
|
11428.00 ( މަހަކު ) |
މަޤާމުގެ އަސާސީ މުސާރަ |
|
5333.00 ( މަހަކު ) |
މަޤާމުގެ އެލަވަންސް |
|
144.00 ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް ) |
ޙާޟިރީ ޢިނާޔަތް |
|
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން |
މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް |
|
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 3- ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް |
އެހެނިހެން އެލަވަންސް: |
|
1- ޑޮކްޓަރުގެ އޯޑަރތަކަށް ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެ މީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން 2- ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުމާއި ، ޞިއްޙީމަރުކަޒުގެ އިމަރޖެންސީ ކޯލްތަކަށް ފަރުވާތެރިވުން. 3- ކަނޑައެޅިފައިވާ ޑިއުޓީގައި ޝިފްޓް އިންޗާރޖް ހަވަލުކުރާ ނަރުހުންގެދާއިރާގެ އެންމެހާ ކަންތައްތައް ކުރުން. (މީގެ ތެރޭގައިއެފަހަރަކު މަސައްކަތްކުރަންޖެހޭ ޑިޕާރޓްމަންޓެއްގެ މަސައްކަތްތައް ހިމެނޭ ) 4- ބޭނުންވާ އިކްވިޕްމަންޓްސްފަދަތަކެތި އޮޓޯކްލޭވްކުރުމާއި ،އެކިޑިޕާރޓްމަންޓް ތަކަށް ބޭނުންވާ ތަކެތި މަސައްކަތަށް ދަތިނުވާނެ ގޮތުގެމަތިން ތައްޔާރުކުރުން. 5- ޑިއުޓީގައި ޞިއްޙީމަރުކަޒަށް ގެންނަމާބަނޑުމީހުން ޑެލިވަރކުރުމުގައިއެހީތެރިވުމާއި، އެބްނޯމަލްކޭސްއެއްނަމަ ސީނިއަރ ނަރުހަކަށް ރިފަރކޮށް ޑޮކްޓަރަށް ބަލިމީހާގެ މައުލޫމާތު ދިނުން 6- އޮޕަރޭޝަން ތިއޭޓަރާއި، ލޭބަރޫމް އަދި ޑިޕާރޓްމަންޓް ތަކުގައި ކުރެވޭ އެކިއެކި އޮޕަރޭޝަންތަކާއި ، ދެވޭ ޚިދުމަތްތަކުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން 7- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓުކުރުމާއި އަދި ރިފަރކޮށްފައި ތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން 8- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާގެ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެ މީހުންނަށް މަޢުލޫމާތު ދިނުމާއި، އެކިއެކިބޭނުންތަކަށް އަންނަމީހުންނާއި، އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކާއިގުޅުވައިދިނުން. 9- އިމަރޖެންސީ ޑިޕާޓްމަންޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ، ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން. 10- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން 11- އެކިއެކިބޭނުންތަކަށް އަންނަމީހުންނާއި، އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކާއިގުޅުވައިދިނުމާއި އަދި ޞިއްޙީ މަރުކަޒަށް ޒިޔާރާތްކުރާ މީހުންނަށް ހެލްތް އެޑިއުކޭޝަން ދިނުމުގައި ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށް ދިނުން 12- ޞިއްޙީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި ހެލްތް ޕްރޮމޯޝަން ސެކްޝަނުން ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ އަމަލީގޮތުން ބައިވެރިވުމާއި އައުޓްރީޗް ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން 13- ފަރުވާތެރިކަމާއިއެކު ޑިއުޓީ އަދާކުރުމާއި ޑިއުޓީއާއި ހަވާލުވުމުގެ ކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން 14- މަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހަކާއިއެކު އެތަނަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން 15- މަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޔުނިވާސަލް އިންފެކްޝަން ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުން 16- ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރު ކުރުން 17- މީގެއިތުރުން ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. 18- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން މި އިދާރާގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން. 19- ތަނުގެ ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޙްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމާއި، މަސައްކަތްކުރާ ތަނަކާއި މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ މައްޗަށް ސަމާލުކަންދީގެން މަސައްކަތްކުރުވުން. 20- މަސައްކަތުގައި އިޚްލާޞްތެރިވެ، ހެލްތު ސެންޓަރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ހެލްތު ސެންޓަރުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ހެލްތު ސެންޓަރުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.
މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް 1- ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒް ވުން. 2- ބަލިމީހުނަށް ބޭނުންކުރާ ( ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން ) ލިބިދާނެ ގެއްލުމެއް. 3- ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން. 4- ބަލިމީހުންގެ ހަށިގަޑުން ބޭރުވާ ދިޔަ ( ލޭ، ދޮސް، ހުޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި ) ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން. 5- ރޭޑިއޭޝަން ( އެކްސްރޭ، ސީޓީ ސްކޭން، އެމް އާރު އައި ސްކޭން ) ފަދަ ތަކެއްޗަށް |
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: |
|
- ނާރސިންގ |
ގުޅޭ ވަޒީފާގެ ދާއިރާތައް: |
|
1- އެނެސްތެޓިކް ކެއަރ 2- ކްރިޓިކަލް ކެއަރ 3- ނާސިންގ 4- ނަރސިންގ އެންޑް މިޑްވައިފަރީ 5- ޕީޑިއާޓްރިކްސް |
ތަޢުލީމީ ރޮނގުތައް: |
|
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6- ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން 7- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް" |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (އިސްލާޙް 1)" ގައި ބަޔާންކޮށްފައިވާނެއެވެ. |
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖޫން 2026 ދުވަހުގެ 13:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ([email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ 22 ޖޫން 2026 – 29 ޖޫން 2026 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ޕްރެސެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން: |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ ([email protected] ) އަށެވެ. ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް، އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
|
