ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، 2016 ވަނަ އަހަރު މި ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ ރަސްމީ ދުވަސްތަކުގައި ރޭގަނޑު 6:00 ން ހެނދުނު 7:00 އަށް ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް ސެކިއުރިޓީ ބަލަހައްޓައިދެވިދާނޭ ފަރާތްތަކުން 18 ޖަނަވަރީ 2016 (ހޯމަ) ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖަނަވަރީ 2016 (ބުދަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބާއެކު ސިޓީ ހުށަހެޅުއްވުމަށް އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދެންނެވީމެވެ. މަޤުބޫލު އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށަހެޅުމަށް ދަންނަވަމެވެ.
މީގެ އިތުރުން މިކަމަށް އެދޭ ފަރާތުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅުންވަންވާނެއެވެ.
- އެދޭމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މިދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އެހެނިހެން ގޮތަކުންވެސް ލިބިފައިވާ ލިޔުމުގެ ކޮޕީ.
3 ރަބީޢުލްއާޚީރު 1437