ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ޓްރެއިނީ، ސެކިއުރިޓީ

ވަޒީފާގެ ފުރުސަތު: ޓްރެއިނީ، ސެކިއުރިޓީ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ޓްރެއިނީ، ސެކިއުރިޓީ

ބޭނުންވާ އަދަދު

25

ތަފްސީލް

ވޯކް-އިން އިންޓަވިއު

ތާރީޙް އާއި ގަޑި :

13 ޖޫން 2026 ވާ ހޮނިހިރު ދުވަހު 10:00 – 15:00 

ތަން: ހ. ފަތަންގުމާގެ ބިލްޑިންގ، 2 ވަނަ ފަންގިފިލާ

ނޯޓު: ޓްރެއިނީ، ސެކިއުރިޓީ ގެ ގޮތުގައި ނަގާ ފަރާތްތަކަށް ދެވޭ 06 މަސްދުވަހުގެ ސެކިއުރިޓީ ޓްރެއިނިންގ ކާމިޔާބުކަމާއެކު ނިންމުމުން އެސިސްޓެންޓް އޮފިސަރ، ސެކިއުރިޓީގެ މަޤާމު އެފަރާތްތަކަށް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މަތީގައިވާ ތާރީޚުތަކުގައި އެކަށީގެންވާ އަދަދަކަށް ތަރުހީބު ނުލިބޭ ނަމަ، ވޯކިން އިންޓަވިއުގެ ތާރީޚުތައް އިތުރުކޮށް މިކޯފަރޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ  އޮންލައިން ފޯމް ފުރުމާއި އެކި މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯކް-އިން އިންޓަވިއަށް ވަޑައިގެންނެވުން އެދެމެވެ.

ލިންކް:https://forms.gle/twbkED4N4h9XkU6BA     

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  1. ސީވީ 
  2. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  3. ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 03 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ
  5. ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

08 ޖޫން 2026
ހޯދާ