އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކުންފުނީގެ ލީގަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަށް މި ކުންފުނީގެ އެންމެހައި ލީގަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކުންފުނީގެ ނަންބަރ 3001653 ފޯނާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން  [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ލޯ ފާރމް މަޢުލޫމާތު ނުވަތަ ޕްރޮފައިލް
  • ތަޖްރިބާ އާއި ގުޅޭ ލިޔެކިޔުންތައް
  • މަސައްކަތާއި ގުޅޭ ހުއްދަތަކާއި ރެޖިސްޓްރޭޝަން ސެޓްފިކެޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އަދި ތަންފީޒީ އިދާރާތަކަށް އައިޔޫއެމް ހޯލްޑިންގްސް އިން ހުށަހަޅާ އަދި އައިޔޫއެމް ހޯލްޑިންގްސް އާއި ދެކޮޅަށް ހުށަހެޅި ހިނގާ މައްސަލަތަކާއި ގުޅޭ މަސައްކަތްތައް ކުރުން
  • އައިޔޫއެމް ހޯލްޑިންގްސް ގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ކުންފުނީގައި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޤަވާއިދުތަކާއި ގުޅޭގޮތުން ކުންފުނީގެ ކަމާގުޅުންހުރި ދާއިރާތަށް އަހުލުވެރިކުރުވުމުގައި އެހީތެރިވުން.
  • ޤާނޫނީ މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަށް ބެލެހެއްޓުން.
08 ޖޫން 2026
ހޯދާ