ދިވެހިރާއްޖެ
ހއ.ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލް (އޯރކިޑް ހައުސް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަކީ ޕްރީސްކޫލު ހޯލު އިމާރާތާއި، އޮފީސް އިމާރާރުގެ ހުޅަނގުން ރެނދުލައި ފެންލީކުވެ ހަލަހަކުވަމުންދާތީ އެކަންހައްލު ކުރުމަށް އިމާރާތުގެ ހުޅަގުން ރެނދުތައް ކަނޑާ(ކެމިކަލް އާއެކު ފެން ނުވަންނާނެހެން) ސިމެންތި ޖެހުމާއި އެތެރެ ދޫވެފައިވާ ކޯނިސް ގަނޑު އިސްކޫރު އަޅާ ރަނގަޅު ކޮށްލުމާއި، ކުޑަދޮރުތަކުގައި ވިންޑޯ ސްޓިކާ (ބޭރުން އެތެރެ ނުފެންނާނެގޮތަށް) ޖެހުމާށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތްތަކުން ކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2026 ވަނަ ދުވަހުގެ 10:10 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
