ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ GS17/2015/065 ނަންބަރުގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.
2 (ދޭއް) |
ބޭނުންވާ އަދަދު: |
އެކަޑަމިކް |
ސެކްޝަން: |
ރިލީފް ޓީޗަރ |
މަޤާމު: |
ކޮންޓްރެކްޓް |
ގިންތި: |
ލ. ފޮނަދޫ |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
ލ. އަތޮޅު ތަޢުލީމީ މަރުކަޒު |
އޮފީސް: |
މަޤާމުގެ ޝަރުޠު:
މަޤާމުގެ ނަން |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ރިލީފް ޓީޗަރ |
TSO1 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ގްރޭޑް 10 ނިންމާފައިވުން. |
3565/- |
1500/- |
ސާނަވީ ތަޢުލީމު ހާސިލުކޮށް، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
4000/- |
||||
ޓްރެއިންޑް ޓީޗަރ |
CS9-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. |
5780/- |
2500/- |
CS11-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. |
7070/- |
||
ގްރެޖުއޭޓް ޓީޗަރ |
CS13-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. |
8440/- |
މަޤާމުގެ މަސްޢޫލިއްޔަތު: - ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން. - އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން. - ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސުކޫލުން އަންގަވާގޮތެއްގެމަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން. - ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން. - ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާނުތައް ހިންގައި ޕޭޕަރުތައް މާކުކޮށް، މާކްސްޝީޓުތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން. - ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައި ހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތަށް ނިންމުން. - ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން. - ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން. - މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (އެން. އައި. އީ އިން ކުރިއަށްގެންދެވި މަލްޓިގްރޭޑް ޓީޗންގގެ 3 މަސްދުވަހުގެ ކޯހަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ކީސްޓޭޖް 1 އާއި 2 ގެ ކަރިކިއުލަމް ވާރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
އިންޓަވިއުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: * ވަޒީފާއަށް އެދިހުށަހަޅާ ފޯމު. * ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) * ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އިދާރާއަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި ސްކޫލުގެ 6800013 ނަންބަރު ފޯނަށް ނުވަތަ 7937013 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
3 ރަބީޢުލްއާޚިރު 1437