ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ގެ އެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަދަރުސާއިން ކުރި އިޢުލާން ނަންބަރު GS153/IUL/2016/02 އާ ގުޅިގެން އެންމެ ބޭފުޅެއް އަންދާސީހިސާބު ހުށަހަޅާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި މަދަރުސާގެ ޕްރިންސިޕަލް ހުންނެވުމަށް އެކަށީގެންވާ (2 ކޮޓަރި، ސިޓިންގރޫމް އަދި ކައްކައި ކެވޭފަދަ އިންތިޒާމާއި ފަރުނީޗަރު ހަމަ ކުރެވިފައިވާ) ގެ އެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، މަހުކުލި އެނގޭގޮތަށް 20 ޖަނަވަރީ 2016 ވާ ބުދަ ދުވަހު ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތަށް ހާޒިރު ނުވެވޭނަމަ ސިޓީއަކާއެކު އެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު އެނގޭނޭފަދަ ލިޔުމަކާއި ކުއްޔަށް ދޭ ގޭގެޗާޓު (ފްލޯޕްލޭން) ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން މެންދުރު 12:00 އަށް (6680837) ނަންބަރު ފޯނާއެވެ.

03 ރަބީޢުލްއާޚިރު 1437

13 ޖަނަވަރީ 2016
ހޯދާ