ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2016 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ޕްރީސުކޫލް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި މި ސުކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން ކުރި GS-090-HH/2015/46 (28/12/2015) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ ނުވަތަ މި ސްކޫލްގެ ފޯނު ނަންބަރު 6520555 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ ލައިބުރަރީގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑު ހުށަހެޅުމުގެ ބައްދަލުވުން |
2016 ޖަނަވަރީ 18 ވާ ހޯމަ ދުވަހުގެ 13:30 (ފޯނުން މަޢުލޫމާތު ދެވޭނީ 13:30 ން 14:00 އާ ދެމެދު ގުޅުއްވާ ފަރާތްތަކަށެވެ.) |
2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަކީ ކޮން ފަރާތެއް ކަމާއި ބަދަލުގައި ވަޑައިގަންނަވަނީ ކޮން ފަރާތެއްކަން ބަޔާންކޮށްފައިވާ ލިޔުމަކާއި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވެމެވެ.