ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
|
ބިޑް ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީ ހިސާބު ހުށަހެޅުން |
|
08.06.2026 ން 14.06.2026 ގެ 11:00 ށް |
- |
18.06.2026 ގެ 11:00 ގައި |
|
ލިންކް މެދުވެރިކޮށް |
- |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
- ރަޖިސްޓްރީކުރާ ފޯމް: https://forms.office.com/r/74eijZ0ZHw
- ހދ. ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޯށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަން ހިމެނޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި އެވަނީއެވެ.
ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ކައުންސިލަށް ޤާނޫނީ ޙިދުމަތް ފޯރުކޮށްދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1447 L 22
08 ޖޫން 2026
