އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޮރަޕްޝަން ޕްރިވެންޝަން

މަޤާމް :ޑިރެކްޓަރ، ކޮރަޕްޝަން ޕްރިވެންޝަން
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

22 ޛުލްޙިއްޖާ 1447

8 ޖޫން 2026

ނަންބަރު:

(IUL)123-HR/123/2026/65

 މަޤާމް:

ޑިރެކްޓަރ، ކޮރަޕްޝަން ޕްރިވެންޝަން

 މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

 ވަޒީފާގެ ބާވަތް:

ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

 ސެކްޝަން:

ރިސަރޗް އެންޑް ޕޮލިސީ ސެކްޝަން

 މުސާރަ:

-/16،550 (ސޯޅަ ހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/9،480 (ނުވަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ރުފިޔާ)

 އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/255 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
  4. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި  އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް

އެންޓި-ކޮރަޕްޝަން ސްޓަޑީސް، ޑިޕްލޮމަސީ، ރިސަރޗް، ފިލޯސަފީ، ޝަރިޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، އިކޮނޮމިކްސް، އެޑްވޮކަސީ، ޕަބްލިކް ޕޮލިސީ، ޕޮލިޓިކަލް ސައިންސް، ގަވަރނަންސް، ހިއުމަން ރައިޓްސް، ސޯޝަލް ސައިންސް، ސޯޝޮއޮލޮޖީ، ސައިކޮލޮޖީ.

އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ، ޕްބްލިކް އިންޓަރނޭޝަނަލް ލޯ، އެކައުންޓިންގ، އޮޑިޓިންގ، ޕަބްލިކް ފައިނޭންސް، ފައިނޭންޝަކް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓިންގ، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ގަވަރނަންސް، ފިލޯސަފީ އެންޑް އެތިކްސް.

ފޮރެންސިކްސް، ފޮރެންސިކް ސައިންސް، ޑިޖިޓަލް ފޮރެންސިކް، ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެކައުންޓިންގ، ކްރިމިނޮލޮޖީ.

އިންޓެލިޖެންސް، ކްރައިމް ޖަސްޓިސް، ކޯޕަރޭޓް އިންވެސްޓިގޭޝަން، ގަވަރނަންސް، އެޑްމިނިސްޓްރޭޓިވް އިންވެސްޓިގޭޝަން، ޖަސްޓިސް، ލޯ، އިންވެސްޓިގޭޝަން، ކްރިމިނޮލޮޖީ، އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް.

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ކޮރަޕްޝަންގެ ކުށް ތަޙުޤީޤުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ދާއިރާއާއި މަގާމަށް ޢައްޔަންކުރާ ތަޢުލީމީ ދާއިރާއާގުޅޭ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

މައިގަނޑު މަސައްކަތް:

  • ކޮމިޝަނުގެ ރިސާރޗް އެންޑް ޕޮލިސީ ސެކްޝަން ހިންގާ ބެލެހެއްޓުން.
  • ކޮރަޕްޝަން ޕްރިވެންޝަން މަސައްކަތައް ބޭނުންވާ ދިރާސާތައް ކުރުވައި، ހިންގާނެގޮތުގެ ގޮތުގެ ކޮންސެޕްޓް ތައްޔާރުކޮށް، ރިސަރޗް މަސައްކަތްތައް ވިލަރެސްކޮށް ފަރުމާކުރުމާއި ޑެލެގޭޓްކޮށް ތަންފީޒު ކުރުވުން.
  • ކޮރަޕްޝަނާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި ރާއްޖޭގެ އިދާރާތަކުން ނެރޭ ރިޕޯޓްތައް ދިރާސާ އަދި ކޮމިޝަންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް ރިޕޯޓްތައްޔާރުކުރުން.
  • ކޮރަޕްޝަން ޕްރިވެންޝަން/ރިސްކް އެސެސްމެންޓް ޓޫލްތައް އެކުލަވާލައި ޕްރިވެންޝަން ޑިވިޝަންގެ ވެރިޔާގެ ލަފާގެ މަތިން ގެންނަންޖެހޭ އިސްލާޙުތައް ގެނައުން.
  • ކޮރަޕްޝަން ރިސްކް އެސެސްމެންޓްތަކާއި ދިރާސާ މަސައްކަތްތަކުން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް/އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި، ކޮމިޝަންގެ ސެކްޝަންތަކާއި، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުން.
  • ރިސަރޗް އެންޑް ޕޮލިސީ ސެކްޝަނުން ތައްޔާރުކުރާ ރިޕޯޓްތަކާއި ސެކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާތަކުން ކޮމިޝަނަށް ހުށަހަޅާ ލިޔުންތަކަށް ޖަވާބުދިނުން.
  • ކޮމިޝަންގެ ސެކްޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމާއި ރާއްޖެއިން ކޮރަޕްޝަން މަދު ކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް މަސައްކަތްތައް ވިލަރެސްކުރުން.
  • ޕްރިވެންޝަން އަދި ރިސަރޗް މަސައްކަތްތަކާ ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ހިންގާ ޕްރޮގްރާމް/ ވަރކްޝޮޕް/ ކޮންފަރެންސް ތަކުގައި ބައިވެރިވުން.
  • ކޮމިޝަނުން ހިންގާ ދިރާސާތަކާއި ރިސަރޗް އެންޑް ޕޮލިސީ ސެކްޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އެހެނިހެން އިދާރާތަކާއި މީޑިއާތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ސެކްޝަނުގެ މަސައްކަތްތަކާގުޅޭ ޕްރެޒެންޓޭޝަން، ރިޕޯރޓް، ކޮންސެޕްޓް، ތަރުޖަމާކުރުމުގެ ކަރުދާސް އުފައްދައި ޕްރޫފްބަލައި ތައްޔާރުކުރުވުމާއި ހުށަހެޅުން.
  • ރިސަރޗް އެންޑް ޕޮލިސީ ސެކްޝަނުން ކުރާ ދިރާސާތަކާއި އެހެނިހެން މަސައްކަތްތަކުގައި އަލީގައި ކޮރަޕްޝަން ވިޔަނުދިނުމަށް ކޮމިޝަންގެ މުވައްޒަފުންނަށާއި އެހެނިހެން އިދާރާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އެވެއަރނެސް އެންޑް އެޑްވޮކަސީ ސެކްޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމާއި، އަދި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ވިލަރެސް ކުރުން.
  • ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި، މަޝްރޫޢުތަކާއި، ހަދަންޖެހޭ އުސޫލުތަކާއި، ތަޢާރަފުކުރަންޖެހޭ ހަމަތައް، ތަޢާރަފުކޮށް ހިންގާތޯ ބަލައި މޮނީޓަރ ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

 އެޕްލިކޭޝަން ސުންގަޑި:

15 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

 ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޖިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

08 ޖޫން 2026
ހޯދާ