މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލްގައި އޭސީ ހަރުކުރުމާއި އަދި އޭސީތަކަށް ބޭނުންވާ ކަރަންޓް ގުޅުމުގެ މަސައްކަތްތައް ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. ސްކޫލުގެ ކްލާސްރޫމްތަކާއި ހޯލްގައި އޭސީ ހަރުކުރުމާއި އަދި އޭސީތަކަށް ބޭނުންވާ ކަރަންޓް ގުޅުމުގެ މަސައްކަތްތައް ކުރުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  08 ޖޫން 2026  ން 11 ޖޫން  2026 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00  މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" (މި ފޯމް ސްކޫލް އޮފީހުންވެސް ލިބެން ހުންނާނެ) ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ނުވަތަ ސްކޫލް އޮފީހަށް ހާޒިރުވެ ފޯމް ހުށައެޅުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލްގައި އޭސީ ހަރުކުރުމާއި އަދި އޭސީތަކަށް ބޭނުންވާ ކަރަންޓް ގުޅުމުގެ މަސައްކަތްތައް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

4.. ބިޑް ހުށަހެޅުން އޮންނާނީ 21  ޖޫން 2026 ވާ އާދިއްތަ ދުވަހު 11:00 ގައި ބ. ގޮއިދޫ ސްކޫލްގައެވެ.

5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 14 ޖޫން  2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.

6. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖޫން 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

7. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

8. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

9. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600014 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ.

08 ޖޫން 2026
ހޯދާ