ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލްގައި އުފެދޭ ކުނި އުކާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން (އެއް އަހަރަށް)

މި އިޢުލާންވަނީ 07 ޖޫން 2026 22:18 ގައި ބާތިލް ކުރެވިފައެވެ.


ސްކޫލްގައި އުފެދޭ ކުނި އުކާލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން (އެއް އަހަރަށް)

           މިސްކޫލްގައި އުފެދޭކުނި އެއްއަހަރު ދުވަހުގެ މުއްދަތަށް އުކާލުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖޫން 14 ވާ އާދީއްތަ ދުވަހު މެންދުރު 12:00 ގެކުރިން  ދެވިފައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް:  https://forms.gle/LmVyQvPvTPT4jfua8     

 

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

 މައުލޫމާތު ޝީޓް މި އިއުލާންއާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

މި މަސައްކަތާއި ގުޅިގެން ނުވަތަ އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 14 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގެކުރިން  [email protected]   އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބިޑް ހުޅުވުން އޮންނާނީ  2026 ޖޫން 15 ވާ ހޯމަ ދުވަހު ހެނދުނު 10:00  ގައި ސްކޫލް އޮފީހުގައެވެ.

  • ނޯޓް : ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. ބިޑް ސަބްމިޝަން ސެސަންއަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ތ.އަތޮޅު ތައުލީމާ މަރުކަޒު / ތ.ތިމަރަފުށި، ދިވެހިރާއްޖެ

ފޯން:  6780015 / 9888770

އީ-މެއިލް: [email protected]

07 ޖޫން 2026
ހޯދާ