ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

2026 ވަނަ އަހަރު މިރަށު މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)394/394/2026/11، ނަމްބަރު (IUL)394/394/2026/19، އަދި ނަމްބަރު (IUL)394/394/2026/26 އިޢުލާނާއި ގުޅިގެން އެކަށިގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

             މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                  ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވި ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާގުޅޭ މަޢުލޫމާތު ދިނުން

18 ޖޫން 2026 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން

22 ޖޫން 2026 (ހޯމަ)

10:30

 

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                           

07 ޖޫން 2026
ހޯދާ