ދިވެހިރާއްޖެ
އިޢުލާނު
ދޯނި އެހެލާ ސަރަހައްދުގައި ހުރި ތަކެތި ނެގުމާ ގުޅޭ
ދޯނި އެހެލާ ސަރަހައްދުގައި ކައުންސިލްގެ ހުއްދަ ނުހޯދާ ބަހައްޓާފައިވާ ތަކެތި (އޮޑިދޯނިފަހަރުގެ ބައިތަކާއި، ލަކުޑި، ދަގަނޑު، ފައިބަރު އަދި އެހެނިހެން ބާވަތްތަކުގެ ތަކެތި) ހުރިކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިތަކެތި މިގޮތަށް ހުރުމުން ރަށުގެ މަލަމަތި ހަޑިވެ، ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ.
ވީމާ، 2026 ސެޕްޓެމްބަރު 30 ވާ ބުދަ ދުވަހުގެ ކުރިން އެ ސަރަހައްދުން މިތަކެތި ނަންގަވައި، ސާފުކުރެއްވުމަށް ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ ވެރިއަކު ނެތް ތަކެތި ކަމުގައި ބަލައި، އެތަކެތި އެ ސަރަހައްދުން ނައްތާލެވޭނެއެވެ. އަދި މިގޮތަށް ނައްތާލެވޭ ތަކެއްޗަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
21 ޛުލްޙިއްޖާ 1447ހ
07 ޖޫން 2026މ
