|
އިޢުލާނު
|
|
މަޤާމު:
|
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
J-437443
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް 4
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފައިނޭންސް ޔުނިޓް / ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް، ކ. މާލެ
|
|
އަސާސީ މުސާރަ:
|
މަހަކު 8505 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް
|
މަހަކު 2555 ރުފިޔާ
|
|
ހާޟިރީ އިނާޔަތް
|
ހާޟިރުވާ ދުވަހަކަށް 70 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސެންޓަރުގެ މަޤާމްތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ލިބޭ ވަޒީފާއަށް އެދޭ ފޯމުތައް ދުވަހުން ދުވަހަށް އައްޔަންކުރުމުގެ އުސޫލާއި އެއްގޮތަށް ސްކްރީން ކުރުމާއި، އޭ2 ޝީޓަށް މަޢުލޫމާތު އެޅުމާއި އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަސްތެރޭ ސްކްރީނިންގ ޝީޓް ސައްޙަ މަޢުލޫމާތާއިއެކު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަޕްލޯޑްކުރުމަށްޓަކައި އެ މަސައްކަތްކުރާ މުވައްޒަފަށް މެއިލް މެދުވެރިކޮށް ފޮނުވުން.
- ވަޒީފާ އަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވިފަވާ ފަރާތްތަކަށް "މުވައްޒަފުން އައްޔަނުކުރުމުގެ އުސޫލާއި އެއްގޮތަށް" އިންޓަވިއު އަށް ދަންނަވާ ފޮނުވުމާޢި، ޝޯޓް ލިސްޓް ނުކުރެވޭ ފަރާތްތަކަށް ޝޯޓް ލިސްޓް ކުރުމަށް ބޭނުންކުރެވުނު ކްރައިޓީރިއާ ބަޔާންކޮށް، އެފަރާތްތަކަށް ޝޯޓް ލިސްޓް ނުކުރެވޭކަން ލިޔުމަކުން އެންގުމާއި އެފޯމްތައް ފައިލް ކުރުން.
- މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިންޓަރވިއު ނިމޭތާ ލަސްވެގެން 3 ދުވަސް ތެރޭ އެ މާރކްސް A2 ޝީޓަށް އެޅުމަށްފަހު ސެކްޝަން ވެރިޔާގެ އެޕްރޫވަލް އާއިއެކު މި އެޖެންސީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭކަން ކަށަވަރުކުރުމާއި، މެރިޓް އުސޫލުން ހޮވޭ ފަރާތުގެ މަޢުލޫމާތު ސީ.އެސް. ވިއުގަ މެދުވެރިކޮށް ފޮނުވުން.
- މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ޔުނިޓުން ނިންމަށްޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާ ޑެޑްލައިންއަށް ނިންމުން.
- ކޮންމެ މީލާދީ މަހެއްގެ މުސާރަ މުވައްޒަފުންނަށް ޖަމާވާކަން ކަށަވަރުކުރުމާއި، ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ބަދަލުވުމުގެ ސަބަބުން މުވައްޒަފުންނަށް ދޭންޖެހޭ ފައިސާއެއް ނުވަތަ އަނބުރާ ހޯދަންޖެހޭ ފައިސާއެއްވާނަ އެކަން ސެކްޝަންގެ ވެރިޔާގެ ސަމާލުކަމަށް ގެނެސް އެ ފަރާތްތަކަށް ފޮނުވަން ޖެހޭ ސިޓީ ފޮނުވުން
- ކޮންމެ މިލާދި މަހެއް ނިމުމުން އެމަހެއްގެ މުވައްޒަފުންގެ ހާޟިރީ ޗެކް ކުރުމަށްފަހު ޣައިރު ހާޟިރުވެފައިވާ މުވައްޒަފުންނާއި، ގަޑި ޖެހުމުގެ ސަބަބުން ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ ރިޕޯޓްތައް ހޯދުމަށްފަހު، ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު ތައްޔާރުކުރުމަށްފަހު ސެކްޝަނުގެ ވެރިޔާގެ އަރިހަށް ގެނދިއުމާއި، މުވައްޒަފާއި އެ ފިޔަވަޅު ހަވާލުކުރެވޭކަން ކަށަވަރުކޮށް މުވައްޒަފުގެ ޕާރސަނަލް ފައިލަށްލުމާއި، އިސްލާޙްވާ މުވައްޒަފުންނަށް އެކަން ލިޔުމުން އެންގުން.
- ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި ސަރކިއުލަރ ނޯޓާއި ސިޓީތަކާ ގުޅިގެން ޒިންމާދާރު އިސްވެރިޔާގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމަށްޓަކައި "މައި އެކައުންޓް" އިން ޓާގެޓްތައް އެޅުމަށް މުވައްޒަފު އަދި ސުޕަވައިޒަރުންނަށް މެއިލްކުރުމަށާއި އަހަރު ދެބައި ވުމުން ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ރިވިއުކުރުވުމާއި، އަހަރު ނިމުމުން ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޕީއޭ އިވެލުއޭޓްކުރުމަށް މެއިލް ފޮނުވާ، ޕީ.އޭ ރިޕޯޓް ސެކްޝަންގެ ވެރިޔާއާއި ޙިއްސާކުރުން.
- މި ސެންޓަރުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ވަގުތަށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމާއި، ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ ޝީޓް އުސޫލާއި އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން.
- މި ސެންޓަރުގެ މަޤާމެއް ހުސްވުމުން އެ މަޤާމަކަށް އިޢުލާން ކުރުމުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މަޤާމުގެ ބަޖެޓް ހުއްދަ ހޯދުމާއި، ދާއިރާ ކަނޑައަޅަން ރިކުއެސްޓް ވިއުގަ މެދުވެރިކޮށް ފޮނުވުމާއި، އެ މަޤާމްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަން ކުރުމުގެ އުސޫލާއި އެއްގޮތަށް އިޢުލާން ތައްޔާރުކޮށް ގެޒެޓް ޕޯޓަލް މެދުވެރިކޮށް ގެޒެޓްކުރުން.
- މި ސެންޓަރުގެ ވަޒީފާ އަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާ ބަދަލުވާ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ މުވައްޒަފުންގެ މަޢުލޫމާތު ސެޕް ސިސްޓަމަށް އަޕޑޭޓްކޮށް މުސާރަ ތައްޔާރުކުރުމަށްޓަކައި ގެންނަންޖެހޭ އެންމެހައި ބަދަލުތައް މިނިސްޓްރީ އޮފް ފިނޭންސްގެ އުސޫލާއި އެއްގޮތަށް ސެޕް ސިސްޓަމުން އަޕްޑޭޓްކުރުން.
- މި ސެންޓަރުގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވަންޖެހޭ ޑްރާފްޓް ތައްޔާރުކުރުމާއި، އިންޓަރނަލް ސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސިވިލް ސަރވިސް ކޮމިޝަނުން ހުއްދަ ލިބުމުން ވިއުގަ މެދުވިކޮށް އެންޑޯރސްކުރުމަށް ފޮނުވުން.
- ހިއުމަން ރިސޯސް ސެކްޝަންގެ އަހަރީ ރިޕޯޓާއި، އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މަހުން މަހަށް އަދާހަމަކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ރެޖިސްޓްރީ ވިއުގާގައި ވާގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
- މުވައްޒަފުން އެކިއެކު ބޭނުމަށް ހޯދަން އެދިލައްވާ ވަޒީފާގައި އުޅޭކަމުގެ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ޗުއްޓީއަށް އެދިލައްވާ މުވައްޒަފުންގެ ޗުއްޓީ ފެށުމުގެކުރިން ޗުއްޓީ ޗިޓު ފޮނުވުން.
- ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ސިވިލް ސަރވިސް ޤަވާއިދުގައިވާ ގޮތުގެ މަތީން އިންޑަކްޝަން ހިންގުން.
- ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުން ކެޕްލަރގައި ރެޖިސްޓަރކުރުމާއި ކެޕްލަރ ބޭނުންކުރާނެ ގޮތުގެ ޓްރެއިނިންގ ދިނުން.
- އަލަށް ވަޒީފާ ހަމަޖެހޭ މުވައްޒަފުންގެ ވަޒީފާ ބަޔާން، ވަޒީފާ އެއްބަސްވުން އަދި ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުވުމާއި މުވައްޒަފާއި ހަވާލުކުރުން. އަދި ވަޒީފާ ބަޔާނާއި ވަޒީފާ އެއްބަސްވުން ވިއުގައިގަ އަދާހަމަކުރުން.
- ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
- ޔުނިޓްގެ މުވައްޒަފު ސަލާމުގެ ޗުއްޓީ ނަގައިފިނަމަ އެ މުވައްޒަފެއްގެ މަސައްކަތްތަކާއި ހަވާލުވުމާއި އެ މަސައްކަތްކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ބިޒްނަސް އެޑްމިނިސްޓްރޭޝަން،ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
- އޮގަނައިޒޭޝަނަލް ބިހޭވިއަރ
- ޕަރފޯމަންސް މެނޭޖްމަންޓް
- އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން - 30
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 20
އިންޓަރވިއު - 35
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ 2026 ޖޫން 14 އާއި 2026 ޖޫން 30 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، މާލެ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|