މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްއަހަރު ދުވަހުގެ މުއްދަތަށް ބަދިގެ ޑަސްބިން އުކާދޭނެ ފަރާތެއް ހޯދުން
އިޢުލާން
އެއްއަހަރު ދުވަހުގެ މުއްދަތަށް ބަދިގެ ޑަސްބިން އުކާދޭނެ ފަރާތެއް ހޯދުން
މި އިދާރާއިންދޭ އިރުޝާދާއި އެއްގޮތަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ގޭބިސީތަކުން ނެގޭ ބަދިގެ ޑަސްބިން ރަށުން ބޭރުކޮށް އުކާލުމަށް ދޯނި ނުވަތަ ޑިންގީއެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮއްދެވޭނެ އަގު ހިމަނައި، ކޯޓޭޝަން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
- ކޯޓޭޝަން ހުށައެޅުމަށް ހުޅުވާލެވިފައިމިވަނީ، ދޯނި/ ޑިންގީ ގެންގުޅޭ ފަރާތްތަކަށެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތަކީ ދޯނި ނުވަތަ ޑިންގީ އެއްގެ ވެރިފަރާތް ކަމުގައިވާންވާނެއެވެ.
- ކޯޓޭޝަން އާއިއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ކޯޓޭޝަން ހުށަހެޅުމާއި، ކެނޑުން އޮންނާނީ، ތިރީގައި އެވާ ތާރީޚުގައެވެ.
|
ތަން |
ތާރީޚް |
ގަޑި |
|
ޅޮހީ ކައުންސިލްގެ އިދާރާ |
11 ޖޫން 2026 |
11:00 |
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6560032 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
07 ޖޫން 2026
ހޯދާ
