ހައްދުންމަތީ ހިތަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1

`

ލ. ހިތަދޫ ޞިއްޙީ މަރުކަޒު

  ހިތަދޫ، ދިވެހިރާއްޖެ    

ނަންބަރު: (IUL)858-HR/2026/01

އިޢުލާނު 

މަޤާމު:

ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-453813

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 1 - R1 ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. ހިތަދޫ ޞިއްޙީ މަރުކަޒު / އެޑްމިނިސްޓްރޭޝަން ޔުނިޓް

މުސާރަ:

މަހަކު -/8255 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2475 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 65.00 ރުފިޔާ
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ މަރުކަޒުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، އެކިއެކި މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ ވަޔަރިންގެ އެންމެހައި މަސައްކަތްތައް ކުރުން.
  2. ޞިއްޙީ މަރުކަޒުގެ އެކިއެކި ޔުނިޓްތަކުގައި ބަދަލުކުރަންޖެހޭ ސްވިޗް/ޑިމަރު އަދި ސޮކެޓްތައް އެންމެ އަވަސްމިނެއްގައި ހަރުކޮށް އެތަކެތި މުވައްޒަފުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ރައްކާތެރިކަމާއިއެކު ފަހިކޮށްދިނުން.
  3. ޞިއްޙީ މަރުކަޒުގެ އޭސީތަކުގެ މެއިންޓެނަންސް ގަވައިދުން ހެދުމާއި، އެތަކެތި ހަޑިވިޔަނުދީ ބެލެހެއްޓުން.
  4. ޞިއްޙީ މަރުކަޒުގެ ދޮންނަ މެޝިންތަކުގެ މެއިންޓަނަންސް މަސައްކަތް ބެލެހެއްޓުމާއި ސާވިސް ކޮށް މަރާމާތު ކުރުން.
  5. ޞިއްޙީ މަރުކަޒުގެ ރެފްރިޖިރޭޓަރ ތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އެތަކެތި މެއިންޓެނަންސް ކުރުން.
  6. ޞިއްޙީ މަރުކަޒުގައި ބެހެއްޓިފައިވާ ފަންކާތަށް ޤަވައިދުން ސާފުކޮށް ބެލެހެއްޓުން އަދި މައްސަލައެއް ދިމާވެއްޖެނަމަ ޙައްލުކުރުން.
  7. ޞިއްޙީ މަރުކަޒުގެ ކުރަންޖެހޭ އެކިއެކި މަރާމާތު މަސައްކަތް ކުރުން އަދި ސިއްހީ މަރުކަޒަށް ހޯދާ މުދާ އުފުލުމާއި ގުދަން ކުރުން.
  8. އެއްވެސް ދޮންނަ މެޝިނެއް، ރެފްރިޖިރޭޓަރެއް ނުވަތަ އޭސީއެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން މައްސަލަ ޙައްލުކުރުން.
  9. ޞިއްޙީ މަރުކަޒުގެ އެންޓްރެންސް އޮޓޯ ދޮރު ސާފުކޮށް ބެލެއްޓުމާއި ދޮރުގެ މެއިންޓެނަންސް މަސައްކަތްތައް ބެލެހެއްޓުމާއި، އެންމެހާ ކުޑަދޮރުތަކާއި އަދި ރިސެޕްޝަންގެ ބިއްލޫރިތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  10. ޞިއްޙީ މަރުކަޒުގެ އޮފީސް ތެރެއާއި އަދި މަރުކަޒުގެ އެހެނިހެން ތަންތާގައި ބެހެއްޓިފައިވާ ސޯކޭސް، އަލަމާރި އަދި ރެކު ފަދަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ސާފޮކޮށް ބެލެހެއްޓުން.
  11. ޞިއްހީމަރުކަޒުގެ އާއްމު ފާޚާނާތައް ( އާއްމު ފާޚާނާ، އޮފީސް، ޕަބްލިކް ހެލްތް ޔުނިޓް) ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ދޮވެ ސާފު ކުރުމާއި، މަހަކު އެއްފަހަރު ފުރާޅުތަށް ސާފުކުރުން.
  12. މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ގަވައިދުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  13. ސިއްހީ މަރުކަޒަށް އެކިކަންކަމުގައި ގެންނަށްޖެހޭ މީހުން އައުމަށްއެންގުމާއި ރަށުގެ އެކި އޮފީސްތަކަށާއި އެކިފަރާތްތަކަށް ހަވާލުކުރަން ޖެހޭ ސިޓީ ފަދަތަކެތި ހަވާލުކުރުން.
  14. ޞިއްޙީ މަރުކަޒުގެ އެކި ތަންތަނުގައި ބެހެއްޓިފައި ހުންނަ ކުނިއަޅާ ޑަސްބިންތައް؛ އޮފީސް، ވެއިޓިން އޭރިއާ، ރިސެޕްޝަން، ޕަބްލިކް ހެލްތް ޔުނިޓް، އަދި ޓީރޫމްގައި ބެހެއްޓިފައިވާ (ކްލިނިކަލް އޭރިޔާ ނުހިމެނޭ ގޮތަށް) ޑަސްބިންތައް ނެގުމާއި، އެތަކެތި ސެގްރިގޭޓްކޮށް ރައްކާތެރިގޮތުގައި ވޭސްޓް ޓްރަކް/ޕިކަޕަށް ލޯޑުކުރެވޭނެ ގޮތަށް ބެހެއްޓުން.
  15. ޞިއްޙީ މަރުކަޒުގެ ހޯލްތެރޭގައި ހެދިފައިވާ ހުރިހާ އިމާރާތެއް، ފޮޅާ، ސާފުކޮށް ބެލެހެއްޓުން.
  16. ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ފެންދީ ބެލެހެއްޓުމާއި ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި ހުންނަ ރުއްގަސް ސާފުކޮށް ބެލެހެއްޓުން.
  17. ސިއްޙީ މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެން ކުރާ މަސައްކަތްތައް ކުރުމާއި، އެހެން މީހުންގެ މަސައްކަތުގައި އެހީތެރިވެ ބައިވެރިވުން.
  18. ޞިއްޙީ މަރުކަޒުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރުމާއި ޚިޔާލު ދިނުން.
  19.  ޞިއްޙީ މަރުކަޒުގައި ހެދިފައި ހުންނަ އެންމެހައި ޤަވައިދުތަކަށް ބޯލަނބައި ކިޔަމަން ވުމާއި، އެކަންކަން ދެމެހެއްޓުމުގައި އެއްބާރުލުން ދިނުން.
  20. ޞިއްޙީ މަރުކަޒުން ހިންގޭ އެކިއެކި ހެލްތް ޕްރޮމޯޝަން އެކްޓިވިޓީ ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  21. ޞިއްޙީ މަރުކަޒުގެ ވެއްޓަކީ ބަލިމީހުންނާއި މުވައްޒަފުންނަށް ރައްކާތެރި ވެއްޓަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  22. ކުއްލި ނުރައްކަލުގެ ހާލަތާއި ގުދުރަތީ ކާރިޘާގެ ޙާލާތުގައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުމާއި މަރުކަޒުން ރާވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުން.
  23. ދިވެހި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް ފުރިހަމައަށް ތަބާވުމާއި، ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު އެއްވެސް ކަމެއް ނުކުރުން.
  24. ސިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ނުވަތަ

  1. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަގާމުގެ ތައުލީމީ ރޮނގުތައް:

ނެތް

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަގާމުގެ ކޯ ޑިސިޕްލިން:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

ޞިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބި ފައިވާ ނަމައެވެ.

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން، ލ.ހިތަދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 21 ޖޫން 2026 އާއި 25 ޖޫން 2026 އާއި ދެމެދު، ލ.ހިތަދޫ ޞިއްޙީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800034 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

18 ޛުލްޙިއްޖާ 1447ހ
04 ޖޫން 2026
ހޯދާ