އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ލެބް މަރާމާތު ކުރުން

މި އިޢުލާންވަނީ 07 ޖޫން 2026 11:51 ގައި ބާތިލް ކުރެވިފައެވެ.


  1. މިސްކޫލްގެ ކޮމްޕިއުޓަރ ލެބް މަރާމާތުކުރުމަށް ބޭނުންވާތީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި  މިއަދުން (04 ޖޫން 2026)  ފެށިގެން 11 ޖޫން 2026 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  10 ޖޫން 2026 ވާ ބުދަދުވަހުގެ ކުރިން މި އިޢުލާނުގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 14 ޖޫން 2026 ވާ އާދީއްތަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނަރރޫމްގައެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ޖޫން 2026 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. މިމަސައްކަތާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

04 ޖޫން 2026
ހޯދާ