ދިވެހިރާއްޖެ
ނަންބަރ: (IUL)GAAH/GAAH/2026/19
އިޢުލާން
މި ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ:
މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ.
ވީމާ، 2 އަހަރު ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2026 ވާ ( ހޯމަ ) ދުވަހުގެ މެންދުރު 13:00 އަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 18 ޖޫން 2026 ވާ ( ބްރާސްފަތި) ދުވަހުގެ މެންދުރު 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަ ނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު :6821066 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
04 ޖޫން 2026 މ.
