ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު GS-84/2016/03ފ(04 ޖަނަވަރީ 2016) އިޢުލާނަށް ދެވިފައިވާ މުއްދަތު ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އިތުރު ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.
- ޕްރީސްކޫލް 1 ކްލާސްރޫމް އިމާރާތްކުރުން
- ޕްރީސްކޫލް 1 ފާޚާނާ އިމާރާތްކުރުން
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
24 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 13:00 އަށް |
02 ފެބުރުވަރީ 2016 (އަންގާރަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6500561 ފޯނާ ގުޅުއްވުން އެދެމެވެ.
01 ރަބީޢުލްއާޚިރު 1437