ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް

ނަންބަރު: (IUL)450-CA/450/2026/24

އިޢުލާނު

މަޤާމު:

ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

އީ އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

މުސާރަ:

މަހަކު 8835.00  ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު 4000.00 ރުފިޔާ

ފޯން އެލަވަންސް:

މަހަކު 500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 50.00 ރުފިޔާ ދެވޭނެއެވެ.
  • މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ ޝަރުތުތައް

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، ފައިނޭންސް، ބަޖެޓް، އޮޑިޓިންގ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ޑިވެލޮޕްމަންޓް ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާގެ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، ފައިނޭންސް، ބަޖެޓް، އޮޑިޓިންގ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ޑިވެލޮޕްމަންޓް ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާގެ 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމެންޓް ގައި ހިމެނޭ ހުރިހާ ސެކްޝަންތަށް (  ހިޔުމަންރިސޯސް، ފައިނޭންސް، ޕްރޮޔޮޔުމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، އަދި އެޑްމިނިސްޓްރޭޝަން) މަސައްކަތްތަށް ރާވާ ހިންގައި ބެލެހެއްޓުން.
  2. އޮތޯރިޓީއަށް މުވައްޒަފުން ހޯދުމާއި އޮތޯރިޓީގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  3. މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން އޮތޯރިޓީގެ މުދަލާއި ފައިސާއާއި ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން.
  4. އޮތޯރިޓީގެ އައި.ޓީ މަސައްކަތް ތަކާއި، އެން.ސީ.އައި.ޓީ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  5. އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުމާއި ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  6. އޮތޯރިޓީގެ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތު ކުރުމާއި ނީލަން ކިއުމާއި ނައްތާލަން ބޭނުންވާ ތަކެތި ނައްތާލުމުގެ އެންމެހާ އިންތިޒާމުތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  7. އޮތޯރިޓީން އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާބެހޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  8. އޮތޯރިޓީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުގެ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  9. އޮފީހުން ކުރަންޖެހޭ އެންމެހާ  ދަތުރުތަކާއިބެހޭ އިންތިޒާމުތައް ރާވައި ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  10. އޮތޯރިޓީން ބާއްވާ ބައްދަލުވުންތަކާއި، ވާރކްޝޮޕް، ޓްރޭނިންފަދަ ކަންކަމުގައި ހިމެނޭ ލޮޖިސްޓިކާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  11. އޮތޯރިޓީގެ އިދާރީ، މާލީ، އައިޓީ، ޕްރޮކިއުމަންޓް އަދި މުވައްޒަފުންނާ ގުޅޭ ގަވާއިދު، އުސޫލު، ޕޮލިސީތައް ހެދުމާއި ތަންފީޛު ކުރުމުގެ މަސައްކަތް ވިލަރެސް ކުރުން.
  12. އޮތޯރިޓީގެ އިންޓާނަލް ކޮމެޓީތައް އެކުލަވާލުމާއި، ކޮމެޓީތަކުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  13. އޮތޯރިޓީގެ ބޯޑު ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސީ.އީ.އޯއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސް ކުރުން.
  14. އޮތޯރިޓީގެ އިދާރީ، މާލީ އަދި މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ބޯޑާއި ސީ.އީ.އޯއަށް ބޭނުންވާ ލަފާ ފޯރުކޮށްދިނުން.
  15. އޮތޯރިޓީއިން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޯޑާއި ސީ.އީއޯއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސް ކުރުން.
  16. އޮތޯރިޓީގެ މަސް ދުވަހުގެ މަސައްކަތުގެ ރިޕޯޓާއި އަހަރީ ރިޕޯރޓުތައްޔާރު ކުރުމާއި ބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުން.
  17. އިދާރާގެ ވޯކްޕްލޭން އެކުލަވާލުމާއި އެޕްލޭން ތަންފީޒު ކުރުމަށްޓަކައި އެހެން ޑިޕާޓްމެންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  18. އޮތޯރިޓީގެ ޗީފް އެގްރެކެޓިވް އޮފިސަރ ޗުއްޓީނަގާ ހާލަތެއްގައި އޮތޯރިޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވާންޖެހިއްޖެ ހާލަތެއްގައި ހަވާލުވުން.  
  19. އޮފީސްހުޅުވައި ލެއްޕުމުގެ އިންތިޒާމުތައް ރާވައި ހަމަޖެއްސުމާއި ސެކިއުރިޓީގެ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް ވިލަރެސް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  20. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމި މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 ޖޫން 2026 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
  • ފޯން: 3010551
  • އީ-މެއިލް: [email protected]
  • ވެބްސައިޓު: www.fpa.gov.mv
  • ފޭސްބުކް: www.facebook.com/fpa.maldives


04 ޖޫން  2026 

18 ޛުލްހިއްޖާ 1447

04 ޖޫން 2026
ހޯދާ