މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަރާޖު ހުއްދަޔާގުޅޭ

        އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް 6 ވަނަ އިސްލާހުގެނައުމުގެ ގަވާއިދުގެ ދަށުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

     ވީމާ މިއަދުން ފެށިގެން ގަރާޖު ލިޔުން ދޫކުރެވޭނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ އެނެކްސް 5: (އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގައި ހުންނަންޖެހޭ މިންގަޑު) ގައި ބަޔާންކޮށްފައިވާ މިންގަޑަށް ރަޖިސްޓްރީކޮށްފައިވާ ގަރާޖުތަކަށެވެ.

 

      ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމަވެ.

04 ޖޫން 2026
ހޯދާ