މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްކަނޑާ އަށި ހެދުމުގެ މަސައްކަތް
- މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރު އުތުރުކޮޅުގައި މަސްކަނޑާ އައްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- އެގޮތުން މިކަމަށްއެދި ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިކަމަށްއެދި ކޯޓޭޝަން ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2026 ޖޫން 9 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، މިއިދާރާއަށް ފޯމް ހުށަހެޅުމުން ނުވަތަ [email protected] އަށް ފޯމު މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތާއި ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީވުމުން އެފަރާތްތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
- ކޯޓޭޝަންތައް ބަލައިގަތުން އޮންނާނީ 2026 ޖޫން 14 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ހުށަހަޅާއިރު، ކޯޓޭޝަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ކޯޓޭޝަންއެއްކަން ލިޔެފައި އޮންނަންވާނެއެވެ. ކޯޓޭޝަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ކޯޓޭޝަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
04 ޖޫން 2026
ހޯދާ
