ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ މަސްޖިދުއް ރަޙްމަތު މަރާމާތުކުރުމުގެ މަސައްކަތް ކުރުން

ޢިއުލާން

މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ދ.ބަނޑިދޫ މަސްޖިދުއް ރަޙްމަތު މަރާމާތުކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން ތިރީގައި މިވާ ހާލާތްތަކުގައި ހުށަހަޅާ ބީލާންގެ/އަންދާސީ ހިސާބު ބަލައި ނުގަނެވޭ ކަމުގައި ދަންނަވަމެވެ.

1) ފެކްސް އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަން/އަންދާސީ ހިސާބު އަދި ހުޅުވާލެވިފައިވާ މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރކޮށްފައިނުވާ ބީލަން/އަންދާސީ ހިސާބު

2) ގަޑި ޖެހިގެން ގެންނަ ބީލަން/އަންދާސީ ހިސާބު

3) މަޢުލޫމާތު ފުރިހަމަނުވާ ބީލަން/އަންދާސީ ހިސާބު

4) މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ ބީލަން/އަންދާސީ ހިސާބު

ހުށަހަޅާ ބީލަމުގައި މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމްލަ އަގު ހިސާބު އަކުރުންނާއި ލިޔުމުން ސާފޮކޮށް އެނގެން އޮންނަން ވާނެއެވެ. އަދި މަސައްކަތަށް ހޭދަވާނެ މުއްދަތުވެސް އެނގެން އޮންނަން ވާނެއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖޫން 2026 ވަނަ ދުވަހުގެ ނިޔަލަށް މި ކައުންސިލްގެ [email protected] މެޢިލްކުރައްވާ މި ބީލަމުގައި ރަޖިސްޓްރީކުރަންވާނެއެވެ. ބީލަން ބަލައިގަތުމާ ކެނޑުން އޮންނާނީ 21 ޖޫން 2026 ވާ ދުވަހު :0013ގައި އެކަމަށް އެދި ހުށަހަޅަން ބޭނުންވާ ހުރިހާ ފަރާތްތަކުގެ އެއް ޙާޟިރުގައި މި ކައުންސިލް އިދާރާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މިކައުންސިލްގެ ފޯން ނަންބަރ 6760045 އަށް ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށްއަންގައި އިޢުލާނުކުރީމެވެ.

03 ޖޫން 2026
ހޯދާ