ދިވެހިރާއްޖެ
މި ސްކޫލަށް ކޮންޓްރެކްޓް އުސޫލުން ރިލީފް ޓީޗަރުން ބޭނުންވެއްޖެ.
މި ސްކޫލުގެ ނަންބަރު GS-176/IUL/2015/42 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.
6 |
ބޭނުންވާ އަދަދު: |
އެކަޑަމިކް |
ސެކްޝަން: |
ރިލީފް ޓީޗަރ |
މަޤާމު: |
ކޮންޓްރެކްޓް |
ގިންތި: |
ތ.ބުރުނި |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
ބުރުނީ ސްކޫލް |
އޮފީސް: |
ޝަރުޠު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ރިލީފް ޓީޗަރ |
TSO1 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ގްރޭޑް 10 ނިންމާފައިވުން |
3565/- |
1500/- |
ސާނަވީ ތަޢުލީމު ހާސިލުކޮށް، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
4000/- |
||||
ޓްރެއިންޑް ޓީޗަރ |
CS9-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. |
5780/- |
2500/- |
CS11-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޑިޕްލޮމާ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. |
7070/- |
||
ގްރެޖުއޭޓް |
CS13-2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. |
8440/- |
މަޤާމުގެ މަސްޢޫލިއްޔަތު: - ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން. - އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން. - ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސުކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން. - ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން. - ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާނުތައް ހިންގައި ޕޭޕަރތައް މާކުކޮށް، މާކްސްޝީޓުތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން. - ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައި ހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތަށް ނިންމުން. - ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން. - ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން. - މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (އެން.އައި.އީ އިން ކުރިއަށްގެންދެވި މަލްޓިގްރޭޑް ޓީޗންގގެ 3 މަސްދުވަހުގެ ކޯހަށް ކުރިމަތިލާފައިވާ ފަރާތްތަކާއި، ކީސްޓޭޖް 1 އަދި 2 ގެ ކަރިކިއުލަމް ވާރކްޝޮޕް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
އިންޓަރވިއުކުރުން * މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް * ވަޒީފާއަށް އެދިހުށަހަޅާ ފޯމު * ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ) * ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) ތަކެތި ހުށަހަޅަންޖެހޭ އޮފީސް މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ބުރުނީ ސްކޫލް އޮފީހުގެ އެޑްމިން ބަޔަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު: 6780551 ފޯނާ ގުޅުއްވުން އެދެމެވެ. |