ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މެނޭޖަރ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތުގެ މުއްދަތު: |
12 (ބާރަ) މަސް (މަސައްކަތަށް ރަނގަޅުނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.) |
މަސައްކަތުގެ ވަގުތު: |
ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ހަވީރު 14:00 އަށް. (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.) |
އުޖޫރަ: |
ބޭސިކް ސެލެރީ: މަހަކު -/20،000ރ. ސަރވިސް އެލަވަންސް: މަހަކު -/2،500ރ. ޕާރފޯމަންސް އެލަވަންސް: މަހަކު -/2،500ރ. |
ފެންވަރު/ޝަރުޠު |
1. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 3. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި 4. ސޯސްކޮޑްތައް ޕްރޮޑަކްޝަނަށް ޑިޕްލޯއި ކުރުމުގެ 6 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން 5. ކޯޑިން ސްޓޭންޑަރޑް، ސޯސްކޮޑް ރިވިއުކޮށް، ސޯސްކޯޑް ވާރޝަން ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން 6. PHP ނުވަތަ NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން. 7. Javascript، HTML5، CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން. 8. MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން. (މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް ( www.ncit.gov.mv ) އިން ލިބެން ހުންނާނެއެވެ. |
މައިގަނޑު މަސައްކަތްތައް |
އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ނުވަތަ ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ ([email protected] ނުވަތަ [email protected]) އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
27 ރަބީޢުލްއައްވަލް 1437