ދިވެހިރާއްޖެ
އިޢުލާނު
ގާޑިޔާ ބިން ކުއްޔަށް ދޫކުރުން
ގާޑިޔާ ހިންގުމަށް މަސްޖިދުލް ޢާއިޝާ ކައިރީ ބީޗުން ދޫކުރަމުން އައި ބިން އަލުން ދޫކުރުމަށް އާންމުކޮށް އިޢުލާނުކުރަމެވެ.
ބީލަމާބެހޭ މަޢްލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
|
ބީލަން ފޯމް ދޫކުރުން |
|
|
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
|
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. |
|
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |
17 ޝައްވާލު 1447
