ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ ސަރވިސްކޮށް ބެލެހެއްޓުން

  (IUL)403-A/403/2026/50:ނަންބަރު

އިޢުލާން

އޭސީ ސަރވިސްކޮށް ބެލެހެއްޓުން

 

      ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެދަށުން ބަލަހައްޓާމުންގެންދާ އެންމެހާ ތަންތަނުގެ އޭސީތައް (ޖުމްލަ 26) މީލާދީ 1 އަހަރު ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

1. ކޮންމެ 3 މަހަކުން 1 މަހު ހުރިހާ އޭސީ ތަކުގެ އިންޑޯރ ޔުނިޓްގެ ދާގަނޑު ނައްޓުވައި ސާފުކޮށް އައުޓްޑޯ ޔުނިޓަށް ފެންޖަހައި ސާފުކުރުން (ގިނަވެގެން ދެވޭނީ 100 ރުފިޔާ)

2. އައު އޭސީ ހަރުކުރަންޖެހޭ ތަންތަނަށް ކަރަންޓްވައިރު އަޅައި އޭސީ ހަރުކުރުން (އަގު ހުށަހެޅުމަށް)

3. ހާފް ގޭސް އެޅުން (އަގު ހުށަހެޅުމަށް)

4. ފުލް ގޭސް އެޅުން ( އަގު ހުށަހެޅުމަށް)

5. އޭސީ ރީލޮކޭޓް ކުރުން ( އަގު ހުށަހެޅުމަށް)

6. އޭސީ ނައްޓުވައިލުން (އަގު ހުށަހެޅުމަށް)

7. ފެންލީކްވުން ހައްލުކުރުން (އަގު ހުށަހެޅުމަށް)

8. އިދާރާއިން އަންގާ ގޮތެއްގެ މަތިން އަހަރަކު 1 ފަހަރު އޭސީތައް ފުލްސަރވިސް ކުރުން ( އަގު ހުށަހެޅުމަށް)

މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މިއިދަރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު 18/20214) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރު: 19/2024) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަންބަރު: 6800705 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. އިޢުލާނާއެކު ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި ވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުންވުން އެދެމެވެ.

03 ޖޫން 2026
ހޯދާ