މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެއަތޮޅު ގުޅީ ކައުންސިލްގެ ޢުމްރާ ދަތުރާއި ގުޅޭ
ހެޔޮއެދޭ ފަރާތަކުން މިރަށުގެ ރައްޔިތުންގެ ތެރެއިން އަންހެން އަދި ފިރިހެން ކޮންމެވެސް 2 ބޭފުޅަކަށް ޢުމުރާ ދަތުރެއް ދިނުމަށް ހުށަހަޅާފައިވާތީ މި ޢުމުރާ ދަތުރަށް އެދި ކުރިމަތިލުމަށް ވަނީ ހުޅުވާލެވިފައެވެ. މިހެންކަމުން ޢުމުރާ ދަތުރަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 03 ޖޫން 2026 ދުވަހުން (މިއަދުން) ފެށިގެން 14 ޖޫން 2026 އާދިއްތަ ދުވަހުގެ 14:00 އާއި ، ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ޢުމުރާ ދަތުރަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢްލާނާއެކު އާންމުކޮށްފައިވާ ފޯމް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށް ދަންވަމަވެ. އަދި ޢުމުރާ ދަތުރަށް އެދޭ ފޯމް މިކައުންސިލުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ޛުލްޙިއްޖާ 1447
03 ޖޫން 2026
03 ޖޫން 2026
ހޯދާ
