މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-މި މިނިސްޓްރީން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ފައިބަރު ތަކެތި ސަޕްލައިކޮށް، ހުޅުމާލޭގައި ހުންނަ ފެޑް ސެންޓަރަށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް

މި މިނިސްޓްރީން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ ފައިބަރު ތަކެތި ސަޕްލައިކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-P1/30/2026/23 އިޢުލާނުގެ ދަށުން އެއްވެސް ފަރާތަކަށް މަސައްކަތް ޙަވާލުކުރެވިފައި ނުވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

03 ޖޫން 2026
ހޯދާ