އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުންފުންޏަށް ބޭނުންވާ ލިޔެކިޔުމުގެ ސާމާނު
އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ
މި ކުންފުންޏަށް ބޭނުންވާ ލިޔެކިޔުމުގެ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2016 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމްގައެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޮޅި، 20375، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv
ފޯން: 3011464 960+ ފެކްސް: 3013636 960+
07 ޖަނަވަރީ 2016
ހޯދާ