ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައިވާ ކަދުރު ރުށް ނެގުމާއި ގުޅޭ

                 ހއ.ތަކަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގެ އިރުމައްޗައް ވާގޮތައް ހުރި ކަދުރު ރުއް ކަނޑައި ދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 ޖޫން 2026 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

02 ޖޫން 2026
ހޯދާ