ދިވެހިރާއްޖެ
ޢިޢުލާނު
މި އިދާރާއާއި މިރަށު މިސްކިތްތަކުގައި ބޭނުންކޮށް ބައުވެގެން ނަގާފައިހުރި ބައެއް ތަކެއްޗާއި، މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން ނަގާފައިހުރި ބައެއް ތަކެތި ވަނީ ނީލަން ކިޔާ ގޮތަށް ހަމަޖެހިފައެވެ. މި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 08 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައި ތުޅާދޫ ކައުންސިލްގެ އިދާރާގެ ދެކުނުފަރާތު ގޯތި ތެރޭގައެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 08 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އަށް، ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަނަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި، މިއިދާރާގެ ފެސްބުކް ޕޭޖްގައި އާއްމު ކުރެވިފައި ވާނެއެވެ.
ނީލަން ކިޔުމުގެ އުޞޫލު:
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ބެހެއްޓިފައި ހުންނާނެއެވެ.
- ނީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަހަޅާފައި ނުވާނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ބަލައި ނިންމޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން ރަސްމީ މަސައްކަތު 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާޞް ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ، ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ.
- ނީލަމުން ނެންގެވި ތަކެތި ނީލަން ނިމޭތާ 05 ދުވަސް ތެރޭގައި ގެންގޮސް ނިންމަން ވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
