ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮފިހާރަ ކުއްޔަށް ދިނުމަށް

އިޢުލާން

ހައްދުންމަތީ މާވަށު ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

މިއިދާރާގެ: IUL)400/INDIV/2015/59)ފ(08 ޑިސެންބަރު 2015) ގައި ކުރެވިފައިވާ ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބަލައި އިވެލުއޭޓްކުރިއިރު ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ބައެއް ލިޔުންތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިންވެސްޓްމަންޓް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ