ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
އެސިސްޓަންޓް އާކިޓެކްޓް

ވަޒީފާގެ ފުރުޞަތު

މަގާމުގެ ނަން:

 އެސިސްޓަންޓް އާކިޓެކްޓް

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

 07

ޖޮބް މެޓްރިކްސް:

 އާކިޓެކްޓުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

 މާލެ

އަސާސީ މުސާރަ:

 14,095.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

 6,575.00 ރުފިޔާ

ހާޒިރީ އިނާޔަތް:

 180.00 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތް:

 ބޭސްފަރުވާކުރުން

އެހެނިހެން އެލަވަންސް:

 ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް   ހަމަޖެހިފައިވާ އުސޫލުން   އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެގްރިމެންޓް ކުރެވޭ ޕްރޮޖެކްޓްތަކަށް ކޮންސަލްޓެންސީ ދިނުމާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރާވައި ހިންގުން
  • ޕްރޮޖެކްޓާއި ގުޅުންހުރި ޑޮކިއުމަންޓްތައް ގަވާއިދުން ބަލަހައްޓައި ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތް ގަވާއިދުން ރިޕޯޓްކުރުން
  • ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ބެލުމަށްޓަކައި، މާލެއާއި އަތޮޅުތެރޭގައި ހިންގޭ ޕްރޮޖެކްޓްތަކަށް ގަވާއިދުން ސައިޓު ވިޒިޓްކޮށް، ޕްރޮޖެކްޓްތަކުގެ ކުއަލިޓީ މެއިންޓެއިން ކުރުން
  • ޕްރޮޖެކްޓް އަޕްޑޭޓް ރިޕޯޓްތައް ޗެކްކޮށް، މަންތްލީ ޕްރޮގްރެސް މީޓީންގތައް ބޭއްވުން
  • ޕްރޮޖެކްޓް ހިނގަމުންދާއިރު ކޮންޓްރެކްޓަރއަށް އަދި ގުޅުންހުރި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

މަގާމުގެ ޝަރުތު:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެ ދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގަިއ ނުވުން؛
  • ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތް، ނުވަތަ ޙިޔާނާތް ނުަވަތަ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން؛
  • ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 05 އަަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައިނުވުން؛
  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން:
  • ދިވެހި ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
  • އަޚްލާޤީ މައްސަލައަކާއި ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާއި ގުޅިގެން އެހެން އޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައިނުވުން؛ އަދި 
  • ދައުލަތުގެ އެއްވެސް މަޤާމަކަށް ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައިނުވުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

  • އާކިޓެކްޗަރ، ސަސްޓެއިނަބަލް އާކިޓެކްޗަރ، އިންޓީރިއަރ އާކިޓެކްޗަރ، ލޭންޑްސްކޭޕް އާކިޓެކްޗަރ، އާކިޓެކްޗުރަލް ޑިޒައިން، އާކިޓެކްޗުރަލް ޓެކްނޯލޮޖީ، އާކިޓެކްޗުރަލް ސައިންސް، އާކިޓެކްޗުރަލް ސްޓަޑީޒް، އާކިޓެކްޗުރަލް ކޮންޒަރވޭޝަން،   ކޮންޒަރވޭޝަން އާކިޓެކްޗަރ

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ އަދި އިސްކަން ދޭނެ ކަންތައްތައް:

  • މި ވަޒީފާއަށް ހޮވާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ ބެކްގްރައުންޑް އެސެސްމަންޓް، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަނުން ފާސްވާ ފަރާތެކެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

  • ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ،  ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ޖޫން 15 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

16 ޛުލްޙިއްޖާ 1447
02 ޖޫން 2026
ހޯދާ