މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކ. ވިލިމާލެއިން އިން އިމާރާތެއް ކުއްޔަށް ހިފުމަށް އަލުން ހުޅުވާލުން

 

1. ބީލަމާއި ބެހޭ މަޢުލޫމާތު: 

                މިކުންފުނީގެ ފަރާތުން ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކ. ވިލިމާލެއިން އިމާރާތެއް ކުއްޔަށް ހިފުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: PRC-MPL/IUL/2026/69 ( 30 އޭޕްރީލް 2026) އާއި ގުޅިގެން ލިބިފައިވާ ބީލަމުގެ އަގު ބޮޑުކަމަށް ފެންނާތީ މި ދެންނެވި އިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް، "ބީލަމަށް އަގު ހުށަހަޅާ ފޯމް" އާއެކު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން:

ތާރީޚް:

08 ޖޫން 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

2ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 07 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

02 ޖޫން 2026
ހޯދާ