ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޢިޖުތިމާޢީ ސަރަހައްދު ސާފްކުރުމުގެ ހަރަކާތުގައި ބައިވެރިވުމާއި ގުޅޭ

ބަނޑިދޫ ޢިޖުތިމާޢީ ސަރަހައްދު ސާފްކުރުމުގެ ހަރަކާތުގައި ބައިވެރިވުމާއި ގުޅޭ

 

ބަނޑިދޫ ކައުންސިލާއި ބަނޑިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު 1 ޖޫން 2026  ވީ ދުވަހު ވެވިފައިވާ އެއްބަސްވުމުގެދަށުން ދ.ބަނޑިދޫ ޢިޖްތިމާޢީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ކަނބަލުން ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ، ދ.ބަނޑިދޫގައި ދިރިއުޅުއްވާ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ކަނބަލުން، 10 ޖޫން 2026 ވާ ދުވަހު 14:00ގެ ކުރިން ބަނޑިދޫ ކައުންސިލްގައި ގާއިމްކޮށްފައިވާ އ.ތ.މ ކޮމެޓީގެ ޑެސްކަށް ވަޑައިގެން ނުވަތަ އ.ތ.މ ކޮމެޓީގެ ރައީސާއަށް ގުޅުއްވާއި (މޮބައިލް ނަންބަރ 9472123) މި މަސައްކަތުގައި ބައިވެރިވެލެއްވުމަށް ނަން ނޯޓް ކުރެއްވުން އެދި ދެންނެވީމެވެ.

މިހެންވެ މިކަން އާއްމު އަންގައި އިޢުލާނު ކުރީމެވެ.

01 ޖޫން 2026
ހޯދާ