މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއިތަކެތި އަގުކުރުމަށް އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން އެކުލަވާލާފައިވާ ޝަރުޢީއަގުކުރުމާއިބެހޭ ޤަވާޢިދުގެ 09 ވަނަ ނަމްބަރުގެ (ށ) ގައިވާގޮތުގެމަތީން ޝަރުޢީ އަގުކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކޯޓަށް ހުށަހެޅޭމައްސަލަތަކާއިގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށް ކަނޑައެޅޭ އަގުކޮމިޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް އެފުރުސަތުހުޅުވާލަމެވެ.

            އެގޮތުން އަގުކޮމިޓީގައި މަސައްކަތް ކުރުމަތިލާފަރާތްތަކަކީ އެފަދަ މަސައްކަތުގެ ތަޖުރިބާއާއި ހުނަރުހުރި ފަރާތްތަކެއްކަމުގައި ވާންވާނެއެވެ. އަދި އަގުކޮމިޓީގައި މަސައްކަތްކުރައްވާ މެމްބަރުންނަށް މަސައްކަތްކުރައްވާ ކޮންމެދުވަހަކަށް -/300 ( ތިންސަތޭކަ ރުފިޔާ)ގެ އުޖޫރައެއްލިބިލައްވާނެއެވެ.

            އަގުކޮމިޓީގެ ދަފްތަރުގައި ހިމެނުމަށް ކުރިމަތިލުމުގެ އެންމެފަހުގެ ތާރީޚަކީ 11 ޖޫން 2026 ބުރާސްފަތި ދުވަހުގެ 14:00 އެވެ. އަދި ޝައުޤުވެރިކަން ފާޅުކުރައްވާ ހުށަހަޅުއްވާ ސިޓީއާއިއެކު އެބޭފުޅެއްގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި އައިޑީކާޑްގެ ކޮޕީއެއްހުށަހަޅުއްވަންވާނެއެވެ.

 

                  މިހެންވެ މިކަންޢާންމުކޮށްއެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ޖޫން 2026
ހޯދާ