ދިވެހިރާއްޖެ
އިޢުލާން
އަކިރިއާއި ވެލި ހޯދުމާބެހޭ
ރަތަފަންދޫ ކައުންސިލްގެ 2015 ވަނަ އަހަރުގެ 42 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެމަތިން ރަތަފަންދޫގައި ފެންބޮޑުވާ ދެސަރަޙައްދަށް އެޅުމަށްޓަކައި ބޭނުންވާ 6000 ބަސްތާ ވެއްޔާއި، 2000 ބަސްތާ އަކިރި ނަގައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ވެލި އަދި އަކިރި ބަސްތާއެއް ނަގައިގެން މިއިދާރާއިން ދައްކާ ތަނަކަށް ގެންގޮސްދޭނެ އަގު ބަޔާންކުރައްވައި 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މިއިދާރާއިން ކުރެވުނު ނަންބަރު: IUL)420-PM/242/2015/1007)ފ(19 ނޮވެންބަރު 2015) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަ ލިބިފައިނުވާތީ އެއިޢުލާން ވަނީ ބާޠިލުކޮށްފައެވެ.
26 ރަބީޢުލްއައްވަލް 1437