ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީއަށް ކްލައިންޓް މެނޭޖްމަންޓް ސިސްޓަމް އެޕްލިކޭޝަން ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޭޖެންސީއަށް ކްލައިންޓް މެނޭޖްމަންޓް ސިސްޓަމް އެޕްލިކޭޝަން ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 01 ޖޫން 2026 ވާ ހޯމަ ދުވަހުން ފެށިގެން 10 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓް ކުރެވިފައިވާ ބިޑު ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން ކުރިއަށް ގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި، ބިޑު ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތައް އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ދިނުމުގެ ސެޝަން އާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ބިޑު ރެޖިސްޓްރޭޝަން ފޯމް، އަންދާސީ ހިސާބު ހުށަހަޅާ ފޯމް އަދި މަޢުލޫމާތު ކަރުދާސް ގެޒެޓް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

04 ޖޫން 2026 (ބުރާސްފަތި)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

އަންދާސީ ހިސާބު ހުށަހެޅުއްވުން

11 ޖޫން 2026 (ބުރާސްފަތި)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

01 ޖޫން 2026
ހޯދާ