ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޓެންޑެންޓް

 

 

 

HMH | IUL | 2026 | 089ނަންބަރު  

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ހެލްތް ކެއަރ އެޓެންޑެންޓް

މަޤާމް ގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރު:

J-454177,J-454178,J-454179,J-454180, J-454181, J-454182, J-454183, J-454184, J-454185, J-454186, J-454187, J-454188, J-454189

މަޤާމުގެ ރޭންކް:

ރޭންކް 1، ސްޓްޕް 1

ބޭނުންވާ އަދަދު:

13 (ތޭރަ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުމާލެ ހޮސްޕިޓަލް، ޑަޔަލިސިސް ސެންޓަރ، ޖީ.ޕީ ކްލިނިކްތައް، އައި.ޑީ.އެމް.ސީ   

މުސާރަ:

މަހަކު -/8255 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/2475 ރުފިޔާ

ހާޒިރީ އިނާޔަތް:

-/65 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)

އިތުރު އިނާޔަތްތައް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އައުޓްސޯސް ކޮށްގެން ހޮސްޕިޓަލް ސާފުކުރުމަށް ޙަވާލުވެފައިވާ ފަރާތުން ހޮސްޕިޓަލުގެ އެތެރެއާއި  ވޯޑްތަކާއި، ސާވިސް އޭރިއާތައް އަދި އެތަންތަނުގައި ހުންނަ ފާޚާނާ ތަކާއި، ޑޮކްޓަރުންގެ ކޮޓަރިތައް ސާފުކުރާގޮތް ޗެކްކޮށް، އެމީހުން ސާފުކުރާ ގަޑިތަކުގައި ޑިއުޓީގައި ހުރި މުވައްޒަފަކު އެތަނަށްގޮސް ސާފުކުރަނީ ރަގަޅަށްތޯބެލުމާއި، އަދި އެތަން ތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިން ތަކެތި ހުރީ ރަގަޅައްތޯ ބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން. ވޯޑްތަކުގެ، އެހެނިހެން ސަރވިސް އޭރިއާތަކުގެ އަދި ޑޮކްޓަރުންގެ ކޮޓަރިތަކުގެ ދޮރުފޮތިތަކާއި އަދި ބެޑްސައިޑް ކާޓެއިންތައް ހަމަޖެހިފައިވާ އުސޫލުން ބަދަލުކުރުން އަދި އެތަކެތި ދޮވުމަށް ލޯންޑްރީއަށް ފޮނުވުން.
  2.  ހޮސްޕިޓަލުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާއާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، ޓިޝޫ ބަހައްޓަންޖެހޭ ތަންތަނުގައި ޓިޝޫ ބެހެއްޓުމާއި އަދި ހޮސްޕިޓަލުގެއެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅި ހުސްވެފަހުރިތޯބަލާ ޗެކުކޮށް، ހުސްވުމުން ހުސްވެފައި ހުރި ތަންތަނުގައި އައު ސްޓެރީލިއަމް ފުޅި ބެހެއްޓުން.
  3. ލޮލުގެ ކްލިނިކް، ސީ.ޑީ.ސީ، މެންޓަލް ހެލްްތު، ޑެންޓަލް ސެންޓަރ، ޕްރައިވެޓް ކޮޓަރިތައް (ކޮޓަރިތައް ހުންނަ ސަރަހައްދާއި ނާރސިން ކައުންޓަރ، ނަރުހުންގެ ފާހާނާ ހިމެނޭގޮތައް) އަދި ޕަބްލިކް ހެލްތު ސެންޓަރ  ހަމަޖެހިފައިވާ ތާވަލާއި އެގޮތައް އެ ތަންތަނުގައި ހުރި މޭޒު، ގޮނޑި، އެނދުތަކާއި މެޝިންތައް ހައިޕަރކްލޮރައިޑް ބޭނުންކޮއްގެން ފޮހެ ސާފު ކުރުމާ ބެޑްއެޅުމުގައި ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން
  4.  ޑިޕާޓްމަންޓްތަކުގައި/ވޯޑްތަކުގައި ބޭނުންކުރާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި ނަރުހުން އަންގާގޮތެއްގެ މަތިން އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނައުން އަދި ވޯޑްތަކަށް އަދި ސަރވިސް އޭރިއާތަކަށް ސްޓޯރުން ގެންނަންޖެހޭ ތަކެތި ހަމަޖެހިފައިވާ ދުވަސްތަކުގައި އެތަންތަނަށް ގެންދިއުން އަދި އެތަކެތި ތަރުތީބު ކުރުމުގައި ނަރުހުންނަށް އެހީތެރިވުން. ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން އަދި ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުމާއި ވޯޑްތެރެ ސާފުކޮށް ބެލެހެއްޓުން.
  5.  އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ސްޓްރެޗަރއަށް އެރުވުމުގައި ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ސްކޭންކޮށް އަދި އެކްސްރޭ ނެގުމަށް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން. ވޯޑްތަކަށް ބޭނުންވާ އޮކްސިޖެން ފުޅިތައް ބަލާ ޗެކްކޮށް އެތަކެތި އަބަދުވެސް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ބެހެއްޓުން. އަދި އޮކްސިޖެން ހުސްވުމުން، މެއިންޓަނަންސް މުވައްޒަފުން މެދުވެރިކޮށް ފުޅި ބަދަލުކުރުން. ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަދި އެ ވޯޑެއްގައި ނުވަތަ އެ ސަރވިސް އޭރިއާއެއްގައި ކުރަންހުންނަ ޚާއްސަ މަސައްކަތްތައް އެތަނެއްގައި ތިއްބަވާ ނަރުހުންގެ އިރުޝާދާއެކު ހެދިފައިވާ ތާވަލާއި އެއްގޮތައް ކުރުން.
  6.  ހަމެޖެހިފައިވާ އުސޫލުގެމަތިން ލެބޯޓްރީގެ މެޝިންތަކުގެ ހިރަފުސްފޮޅާ ސާފުކުރުން އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން ލެބްގެ ބިއްލޫރިތަކާއި ކަނބަޑުތައް ސާފުކުރުން. ލެބޯޓްރީ ސާމްޕަލް އައި.ޖީ.އެމް.އެޗްއަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ގެންދިއުމާއި ޖީޕީ ކްލިނިކް އަދި އައިޑީއެމްސީ އިން ލެބަށް ގެންނަ ސާންޕަލްތައް ޑްރައިވަރު ގުޅާލުމުން އެ ސާންޕަލާއި ހަވާލުވުން.
  7. ގެންނަ ބަލިމީހުންނަށް ޚިދުމަތްދިނުމަށް ގެންދަންޖެހޭ ތަންތަނަށް ބަލިމީހާ ގެންދިމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8.  ވޯޑްތަކުން އޮޓޯކްލޭވް ކުރުމަށް ސީ.އެސް.އެސް.ޑީއަށް ގެންދަންޖެހޭ ތަކެތި އެތަންތަނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން/ނަރުހުންގެ ލަފާގެމަތިން ގެންދިއުމާއި ގެނައުން.
  9.  ވޯޑްތަކަށް އަދި އެހެންނިހެން ތަންތަނަށް ބޭނުންވާ ގޯސް، ކޮޓަން ސްވެބް ފަދަތަކެތި ނަރުހުންގެ އިރުޝާދުގެ މަތިން ހުސްނުވެ ލިބެން ހުންނާނޭ ފަދައިން ތައްޔާރުކުރުން. ވޯޑްތަކުގައި އަދި ސައި ކޮޓަރިތަކުގައި ހުންނަ އައިސް އަލަމާރި/ފްރިޖް ފަދަތަކެތި ހަމަޖެހިފައިވާ ދުވަސްތަކުގައި ސާފުކުރުން އަދި ވޯޑްތަކުގައި ހުންނަ ސްޓޯރޯމްތައް ތަރުތީބުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ޞިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތު

1. ލިޔަން ކިޔަން އެގުން،

ނުވަތަ

2. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  2. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް  (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުމުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2026  ޖޫން 08 އާއި 2026 ޖޫން 30 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް  ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.  އީ-މެއިލް ކުރާނީ   [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

31 މޭ 2026
ހޯދާ