ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/108

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ޕްރޮކިއުމަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

-          ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން

-          ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިއުންތައް ދިރާޝާކޮށް ރިޕޯޓު ތައް ތައްޔާރު ކުރުން

-          ޕާރޗޭސިންގ ކޮމެޓީގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން

-          ސަޕްލަޔަރ ޑޭޓާބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން

-          ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން

ޝަރުތުތައް:

-          ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

-          މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން

-          މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަހު މުސާރަ:

11،000ރ އާއި 13،000ރ ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

31 މެއި 2026

31 މޭ 2026
ހޯދާ