މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މި މިނިސްޓްރީގެ "އޮއިވާލި ކަނދުފަތި ތައްޔާރުކުރާ މަރުކަޒު"ގެ ގުދަންބައިގެ "އެލްމިނިއަމް އިލެކްޓްރިކް ރޯލަރ ޝަޓަރ" ދޮރުފަތް، ދީފައިވާ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ހަދައި، ހަރުކޮށްދިނުމުގެ މަސައްކަތް

މި މިނިސްޓްރީގެ "އޮއިވާލި ކަނދުފަތި ތައްޔާރުކުރާ މަރުކަޒު"ގެ ގުދަންބައިގެ "އެލްމިނިއަމް އިލެކްޓްރިކް ރޯލަރ ޝަޓަރ" ދޮރުފަތް، ދީފައިވާ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ހަދައި، ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-P1/30/2026/40 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

އޮއިވާލި ކަނދުފަތި ތައްޔާރުކުރާ މަރުކަޒު (ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ސަރަޙައްދު)

އަންދާސީ ހިސާބު ހުށަހެޅުން

09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

31 މޭ 2026
ހޯދާ