ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  

         މިއަހަރު (2026) ބާއްވާ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 17 ވަނަ ދުވަހުއެވެ.

 

         ވީމާ، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމް/ކުލަބުތަކުން 2026 ޖޫން 15 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި އެކު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ އާއި އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިތާރީޚުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށްނިންމަންވާނެއެވެ.

މުބާރާތުގެ ޤަވާއިދު އިއުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ ގެ ތަފްސީލް

-       ފުޓްބޯޅަ މުބާރާތް : -/2000 ރުފިޔާ

-       ހޭންޑްބޯޅަ މުބާރާތް: -/1000 ރުފިޔާ

13 ޛުލްޙިއްޖާ 1447

31 މޭ 2026

31 މޭ 2026
ހޯދާ