ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 7 ނަންބަރު ބިން ކުއްޔަށް ދޫކުރުން

އިޢުލާން

  • ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 7 ނަންބަރު ބިން ކުއްޔަށްދޫކުރުން

ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 7 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.  

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ޞިނާޢި ސަރަޙައްދު 7 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު  

5000 އަކަފޫޓު

-/1000 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1- ޢިމާރާތް 10.33x10.83 ފޫޓުގެ އެޅިގަލުން ރާނައި ތަޅުން އަޅާފައި ދޮރުފަތެއްނެތް.   

  އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތު ކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް.

1– ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް.

  • ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާއީ ކަންކަމަށް ކުރަންޖެހޭ ޚަރަދު

1- މި ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/500 ރ ކައުންސިލަށް ދައްކަންޖެހޭނެއެވެ.   

  • ބިން ތަރައްޤީކުރުން

ރަތަފަންދޫ ޞިނާއީ ސަރަޙައްދުގެ 7 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރުދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅުފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިން ކުއްޔަށް ހިފި ފަރާތުން 18 މަސްދުވަސް ނުވަނީސް ބިން ދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާ ފައިސާ، ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެ ކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެ ތެރެއިން 6 މަސްދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ
  • ކޮމްޕެނީ ޕްރޮފައިލް

މި އިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅަ މަހުކުއްޔަށް

50%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން   

10%
  • ބިމުގެ ވަށާ އިންފާރު 2 ފޫޓު އުސްމިނަށް ރޭނުން    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

26 ރަބީޢުލްއައްވަލް 1437

06 ޖަނަވަރީ 2016
ހޯދާ