ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުތީމު މެޖިސްޓްރޭޓް ކޯޓް
ހއ.އުތީމު
ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: A14C-A/2026/4
ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރާ ވަގުތުތައް
ކުށުގެ ތުޙުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރާ ވަގުތު ކަނޑައަޅާނީ، މެޖިސްޓްރޭޓް ކޯޓެއްނަމަ، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް، ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުށެއްގެ ތުޙުމަތުގައި ބަންދުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ހއ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކަށް ޙާޟިރުކުރާ ވަގުތުތައް، މިދަންނަވާ ގޮތަށް ކަނޑައަޅައި، އެކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.
މި އިޢުލާނާއި ގުޅިގެން، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: A10C-B/2018/4 (11 އޮކްޓޯބަރ 2018) އިޢުލާން ބާޠިލުވީއެވެ.
|
ދުވަސް |
ގަޑި |
|
ސަރުކާރުގެ ރަސްމީ ދުވަސްތައް |
11:00 އިން 12:00 އަށް 20:30 އިން 21:30 އަށް |
|
ސަރުކާރު ބަންދު ދުވަސްތައް |
14:00 އިން 15:00 އަށް |
31 މޭ 2026
