ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ޤުރްއާން މުދައްރިސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ކޯސްތަކުގައި ކިޔަވައިދޭނެ ރިސޯސް ޤުރްއާން މުދައްރިސުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 10 (ދިހައެއް)

މުސާރަ:  

- އެމް. ކިޔު. އޭ. ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއްނަމަ، ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/100 ރުފިޔާ

- އެމް. ކިޔު. އޭ. ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއްނަމަ، ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/150 ރުފިޔާ

- އެމް. ކިޔު. އޭ. ލެވެލް 9 ގެ ސަނަދެއްނަމަ، ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/200 ރުފިޔާ

މަޤާމުގެ ޝަރުޠު:  

1- ޤުރްއާން ހިތުދަސް ޙާފިޡެއްކަމުގައިވުމާއެކު، ހިތުދަސްކޮށްދިނުމުގެ މަސައްކަތުގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

3- ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، އުނގަންނައިދިނުމުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް (ފުރަތަމަ އެގްރިމެންޓްކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.)

ސުންގަޑި: 

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައިވާ) ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޤުރްއާނާބެހޭ މަރްކަޒަށް ސިޓީއަކާއެކު ހުށަހެޅުން އެދެމެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް މަސައްކަތަށް އެކަށީގެންވޭތޯ ބެލުމަށްޓަކައި ޢަމަލީ އިންޓަވިއުއެއް ބޭއްވޭނެއެވެ.

25 ރަބީޢުލްއައްޥަލް 1437

05 ޖަނަވަރީ 2016
ހޯދާ