ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މެސެންޖަރ ސަރވިސް ދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮތޯރިޓީއަށް މެސެންޖަރ ސަރވިސް ދޭނެ ފަރާތެއް ހޯދުން:

ބޭނުންވާ އަދަދު: 1 (އެކެއް)

މުއްދަތު: 3 (ތިނެއް) މަސްދުވަސް (ކޮންޓްރެކްޓް އުސޫލުން)

މަޤާމުގެ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު: އޮތޯރިޓީގެ ލިއެކިއުން ފަދަ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން އަދި އޮތޯރިޓީގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި އޮތޯރިޓީއަށް ގެނައުމުގެ މަސައްކަތް (ރަސްމީ ގަޑީގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ 2 ގަޑިއެއްގައި އޮތޯރިޓީއަށް ހާޒިރުވެ، އެކި ތަންތަނަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކޮށްދިނުން)

އުޖޫރަ: މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސުންގަޑި: މިިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް 3336619 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/ އެމް. ޓީ. ސީ. ސީ. ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619  ފެކްސް: 3336624

އީމެއިލް: [email protected]

26 ރަބީޢުލްއައްޥަލް 1437

06 ޖަނަވަރީ 2016
ހޯދާ