މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓާ ރެސްކިއު އަދި ލައިފްގާޑް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާ ގުޅިގެން، ރ. އަލިފުށީގައި 7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ވޯޓާ ރެސްކިއު އެންޑް ލައިފްގާޑް ޓްރެއިނިންގ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                     މި ތަމްރީނު ޕްރޮގްރާމަކީ މީހުން ސަލާމަތްކުރުމުގެ ހުނަރާއި، ޕްރޮފެޝަނަލް ލައިފްގާޑް ނޮލެޖް އަދި ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތްތައް ދަސްކޮށްދިނުމަށް ހިންގޭ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މިއީ މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

  • ޕްރޮގްރާމް ހިންގާ މުއްދަތު: 01 ޖޫން 2026 އިން 07 ޖޫން 2026 އަށް
  • ތަމްރީން ގަޑިތައް:
  • ހެނދުނު ސެޝަން: 9:00 އިން 12:00 އަށް
  • މެންދުރުފަހު ސެޝަން: 14:00 އިން 16:30 އަށް
  • ރޭގަނޑު ސެޝަން: 20:00 އިން 21:30 އަށް

 

                    ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ 18 އަހަރުން މަތީގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 2026 މޭ 31 ގެ 13:00 ގެ ކުރިން ރަޖިސްޓްރީވުން އެދެމެވެ.

ފޯމް ހުށަހަޅަންވީ ލިންކް:https://forms.gle/Tsmk1YXusPczxmhS9

މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

11 ޛުލްޙިއްޖާ 1447

28 މޭ 2026
ހޯދާ