ދިވެހިރާއްޖެ
އިޢުލާން
ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހޭވައްލާ ތައްޔާރު މުބާރާތުގައި ނަންނޯޓު ކުރުމަށް ހުޅުވާލުން.
1447 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހޭވައްލާ ތައްޔާރު މުބާރާތުގައި ނަންނޯޓު ކުރުމަށް ހުޅުވާލަމެވެ.
ހޭވައްލާ ތައްޔާރު މުބާރާތް ބެހިގެންވަނީ ޖުމުލަ 9 ޓާސްކެއްގެ މައްޗަށެވެ. މި މުބާރާތުގެ އެއްވަނަ ޓީމަށް 3000ރ (ތިންހާސް ރުފިޔާ)، ދެވަނަ ޓީމަށް 2000ރ (ދެހާސް ރުފިޔާ) އަދި ތިންވަނަ ޓީމަށް 1000ރ ދިނުމަށް މިކައުންސިލުން ނިންމަވާފައިވެއެވެ. މި މުބާރާތުގެ ވަނަ ހޮވުމުގައި ބަލާނީ އެންމެ އަވަހަށް ޓާސްކުތަށް ފުރިހަމަކުރާ ޓީމުތަކުގެ ތަރުތީބުނެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 2 ބޭފުޅުންގެ ޓީމަކަށެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ނަންނޯޓުކުރެއްވުމަށް އީދު ކޮމެޓީގެ މެމްބަރު، އަޙްމަދު މާއިސް 9566457 އަށް، އެ ޓީމެއްގައި ހިމެނޭ ދެ ބޭފުޅުންގެ ނަން، އެޑްރެސް އަދި ރަށް ވައިބާރ އިން މެސެޖް ކުރެއްވުމަށް ދަންނަވަމެވެ. މި އިވެންޓަކީ ވަކި ވަގުތަކަށް ކުރިޔަށް ގެންދެވޭ އިވެންޓެއް ކަމުން، ބައިވެރިންނަށް އިސްކަން ދެވޭނީ ރަޖިސްޓްރީ ކުރުމަށް ނަން ހުށަހަޅައި ތަރުތީބުން ކަމުގައި ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް މަތީގައި ބަޔާންކުރެވިފައިވާ މައުލޫމާތު ވައިބާރ ކުރެއްވުމުން ރަޖިސްޓްރީ ނަމްބަރެއް ކޮންމެ ޓީމަކަށްވެސް ދެވޭނެވާހަކަ ދަންނަވަމެވެ. ޓީމުގެ ނަންއިއްވާ ވަގުތު ދެ ބައިވެރިން ހާޒިރުވެ ނެތްނަމަ ޖެހިގެން އިން ރަޖިސްޓްރީ ނަމްބަރު ލިބިފައިވާ ޓީމަށް ފުރުސަތު ދެވޭނެއެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 29 މޭ 2026 ވަނަ ދުވަހުގެ 14:00 އެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އީދު ކޮމެޓިގެ މެމްބަރު، އަޙްމަދު އަޒްމީލު 9996429 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
